ސްވިޑަންގެ ސްޓޮކްހޯމްގެ މިސްކިތެއްގެ ކުރިމަތީގައި ކީރިތި ޤުރުއާނުގެ މުސްހަފެއް އަންދާލައި، އިސްލާާމްދީނަށް ފުރައްސާރަ ކުރި މީހާ އެކަން ތަކުރާރު ކުރާނެކަން ހާމަކޮށްފިއެވެ.
ޤުރުއާާން އަންދާލާފައިވަނީ އިރާގުގެ ރެފިއުޖީއެއް ކަމުގައިވާ ސަލްވާން މޮމިކާއެވެ.
އޭނާ އަކީ އުމުރުން 37 އަހަރުގެ މީހެކެވެ. ކީރިތި ޤުރުއާން އަންދާލުމަށް އޭނާއަށް ސްވިޑަންގެ ކޯޓަކުން ހުއްދަ ދިންއިރު، މި ހަރަކާާތް ކުރިއަށް ގެންދިޔައިރު، އޭނާއަށް ފުލުހުންވެސް ހިމާޔަތް ދިނެވެ.
މޮމިކާ ބުނީ ކުރިއަށް އޮތް 10 ވަރަކަށް ދުވަސްތެރޭގައިވެސް އޭނާ ޤުރުއާން އަންދާލާނެ ކަމަށާއި، ޑިމޮކްރަސީގައި އެފަދަ ކަންކަން ނުހުއްޓުވޭނެ ކަމަށެވެ.
ޤުރުއާން އަންދާލައި، މޮމިކާ ހިންގި އަމަލު، އިސްލާމީ ގައުމުތަކުން އަންނަނީ ކުށްވެރި ކުރަމުންނެވެ.

ޔާ الله، الله ގެ ކަލާމް ފުޅު އަންދަމުންދާ ސަލްވާން ކިޔާ މީހާއަށް ހެޔޮވިސްނުން ދެއްވާން ދޭވެއެވެ
ތިޔަ ޣުރްއާން ގެ ވެރި ފަރާތުން ކަލެޔަށް ތެދުމަގު ނުދައް ކަވައިފިނަމަ އެފަރާތުން ކަލޭ އަންދާލާނެ އަނިޔާވެރިންނަކަށް އެކަލާންގެ ތެދުމަގެއް ނުދައްކަވާނެ ތައުބާ ވެ ރޮއި ހިތާމަ ކޮށް އެކަލާންގެ އަށް ދަންނަވާ ހަމަ ޔަގީން ތައުބާ ގަބޫލް ކުރައްވާނެ އެއްވެސް ނަފްސަކަށް އެކަލާންގެ އަނިޔާވެރި ވެ ވޮޑިގެން ނުވޭ މި ސޮރަށް ތެދުމަގު ދެއްކެވުމައް އިބަރަސް ކަލާންގެ ޔަދު ގުދުރަތުފުޅުގައި ވާނަމަ ތެދުމަގު އެ ސޮރަށް ދައްކަވާން ދޭވެ…. އާމީން