މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ މީހުންނަށް އޮންލައިންކޮށް ރީ-ރަޖިސްޓްރީކުރެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަވައި، ރިޔާސީ އިންތިޚާބުގެ އިލެކްޝަންސް ކޮމިޝަނުން ވަނީ އާއްމުކޮށްފައެވެ.
އެގޮތުން އަންނަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 5 ވަނަ ދުވަހާ ހަމައަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލުމަށް އީސީން ވަނީ ނިންމާފައެވެ.
މި މުއްދަތުގެ ތެރޭގައި އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރެވޭނީ ޖުލައި 16 އިން ފެށިގެން ޖުލައި 29 ގެ ނިޔަލަށެވެ. އަދި ޖުލައި 30 އިން ފެށިގެން އޯގަސްޓް 5 އަކަށް ރީ-ރަޖިސްޓްރީ ކުރެވޭނީ ފޯމުން އެކަނިކަމަށްވެސް އީސީން ބުނެއެވެ.
ރިޔާސީ އިންތިޚާބު ބޭއްވެވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަވަން ޖެހިއްޖެނަމަ ސެޕްޓެމްބަރު 30 ގައި 2 ވަނަ ބުރުގެ ވޯޓުލުން ބޭއްވެވުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ޜަޖިސްޓްރީީ ވެގެންނ ވޯތްލާންް ބޭނުންް ވާަނީީީ ކެންޑިޑޭޓުންގެެތެރޭގަަ ވޯޓްް ދޭނެެ މީހަކުު ހުރުމުންނ. ޚޮބާަ ކެބްޑިޑޭޓްް ލިސްޓ؟