އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކަންކަން ވަރަށް ގާތުން ބަލާނެ ކަމަށާއި، އިންތިހާބު އިންސާފުވެރިތޯ ބަލާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
އެޗްއާރްސީއެމުން އިތުރަށް ބުނީ، އެ ކޮމިޝަނުން އިންތިހާބު އޮބްޒާވްކުރުމުގެ މަސައްކަތް ގެންދާނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށެވެ.
އެގޮތުން އިންތިހާބުގެ ކުރިން ހިނގާ ކަންކަން ދެނެގަތުމާއި ވޯޓް ލާ ދުވަހު އިންތިހާބު އޮބްޒާވްކުރުމާއި އިންތިހާބުގެ ފަހުން ހިނގާ ކަންކަން ވެސް ބަލާނެ ކަމަށް ބުންޏެވެ.
އަދި އިންތިހާބާ ގުޅިގެން ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށް ވަމުން އަންނަ ތައްޔާރީތަކާއި ދިމާވާ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
އެޗްއާރްސީއެމުން ފާހަގަކޮށްފައިވާ ގޮތުގައި އިންތިހާބު މޮނިޓާކުރުމާއި ވޯޓް ލުމުގެ ހައްގާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންވެ.

މިދިޔަ 5 އަހަރު އޮތީ ނިދާފައި މުސާރަކައިގެން
ނަމެއްގަ ތިބޭ ބައެއް… މިކަހަލަ ކޮންމެސް މޮޅުއެއްޗެއް ބުނެލާފަ ކަމެއްވީމަ އެކަން ކުއްވެރިކޮއްލާފަ އެހިސާބުން ޒިންމާ އަދާވީ… ތިބެގެން ވާފައިދާ އަށް ވުރެ ގެއްލުންބޮޑު، ހަމައެކަނި ދައުލަތުން މުސާރައޭ ކިޔާފަ ދާވާލާ ލާރިގަނޑަށް ބެލިޔަސް