ދިވެހީންގެ ތެރޭގައި ގިނައީ ހިޖާބު އަޅާ އަންހެނުންނެވެ. ކުލަ ކުލައިގެ، އެކި ޑިޒައިންތަކުގެ ހިޖާބު އެޅުމަށް ލޯބި ކުރާ މީހުންވެސް ވަކި މަދެއް ނޫނެވެ. އެކި ކުލަތަކުގެ ތަފާތު ޝޭޑްތައް ހިމެނޭއިރު، ހިޖާބުގެ ކުލަތައް ވެސް ގުނައިލަން އުނދަގޫހާ ގިނައެވެ.
އަންހެން ރަހްމަތްތެރިޔަކަށް ނުވަތަ މަންމައަށް، ނޫންނަމަ، އަނބިމީހާއަށް ވެސް ދެވޭނެ އެންމެ ކަމުދާ އެއް ހަދިޔާއަށް ޝޯލް ވާނެއެވެ. މަންމައިންގެ ދުވަހާއި، އީދު ދުވަހާއި ކައިވެނީގެ އަހަރީ ދުވަސް ފަދަ މުނާސަބަތުތަކުގައި ހިޖާބުން ގިފްޓެއް ދިނުމަކީ ޔަގީނުންވެސް، އެ ލިބޭ މީހަކު އުފާ ކުރުވާނެ ކަމަކަށް ވާނެއެވެ.
މަލްކިއާ ކަލެކްޝަނުން ނަލަ ނަލަ ހިޖާބު ގިފްޓް ބޮކްސް އާއި، ހިޖާބު ބުކޭވެސް ލިބެން އެބަހުއްޓެވެ. އޯޑަރު ކޮށްލުމުން، ލަސްތަކެއް ނުވެ، ޑެލިވަރ ކޮށްދޭނެއެވެ. މަލްކިއާ ކަލެކްޝަނުގެ ލަގްޒަރީ ހިޖާބު ބޮކްސް އާއި ލަގްޒަރީ ހިޖާބު ބުކޭ އަކީ އަންހެން ކުއްޖެއްގެ ހިތް އަތުލަން ދޭން އެއްވަނަ ހަދިޔާއެކެވެ.

މަލްކިއާ ކަލެކްޝަނުން ނަމާދު ކުރަން ފަސޭހަ މުސައްލައާއި އަދިވެސް އިތުރު ސާމާނު!
ނަމާދުކުރަން އިންނައިރު، ބޭނުންކުރެވޭ މުސައްލައެއްގެ ގޮތުން، ކަކުލުގައި ރިއްސުން ފަދަ މައްސަލަތައް ބައެއް މީހުންނަށް ދިމާވެއެވެ. މަލްކިއާއިން ވިއްކާ ލަގްޒަރީ ނަމާދު ކުރާ މެޓުގައި ޑަބަލް ޕެޑް ކޮށްފައި ހުރުމުން، ކަކުލަށް ފަސޭހަވާނެއެވެ. ބޮޑެތިމީހުންނާއި ކުޑަކުދިންގެ މެޓު ވެސް މަލްކިއާއިން ވިއްކައެވެ.

މަލްކިއާއިން ލިބެން ހުރި އިތުރު އުފެއްދުންތަކުގެ ތެރޭގައި ހިޖާބް މެގްނެޓްސް، އަދި ނަމާދު ހެދުން ވެސް ހިމެނެއެވެ. ނަމާދު ހެދުމުގެ ސްޓޮކް ހުސްވެފައިވާއިރު، އަންނަ އަހަރުގެ މާޗު މަހު ބައްދަލު ކުރާ ރޯދަ މަހަށް އާ ސްޓޮކެއް ގެންނާނެ ކަމަށް މަލްކިއާއިން ބުނެއެވެ. އަދި ކައިރި މުސްތަގްބަލެއްގައި އަބާޔާ އަދި ހެދުން ވެސް މަލްކިއާގެ ކަލެކްޝަނަށް އިތުރު ކުރަން ވެސް ވަނީ އަމާޒު ހިފައިފައެވެ.
