ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުއާ ގުޅޭގޮތުން، އަދާލަތު ޕާޓީގެ ރައީސް އައް ޝެއިހު އިމްރާން އިތުރުފުޅު ހައްދަވައިފިއެވެ.
”އުފާވެރި މާލެ“ މި ނަމުގައި އެމްޑީޕީން ރޭ ބޭއްވި ރިޔާސީ ކެމްޕެއިނުގެ ޖަލްސާގައި އިމްރާން ވަނީ ވަރަށް ބޮޑަށް މުއިއްޒުއަށް ފާޑުވިދާޅުވެ، މުއިއްޒުގެ ހިތްޕުޅަށް އަރާވަޑައިގަންނަވާ އެއްޗެހި ވެސް އެނގޭ ކަމަށް ދައުވާ ކުރައްވައި، އިދިކޮޅު ލީޑަރު، ”ރައީސް ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ބާއްވާނދޭވެ“ މިހެން މުއިއްޒު ހިތާ ހިތުން ދުއާ ކުރެއްވި ކަމަށް ވެސް ވިދާޅުވެއެވެ.
މުއިއްޒު އަށް ކާންދީ ބޯންދީ ބެލެހެއްޓީ އަދާލަތުން ކަމަށާއި، ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުގެ ސްލޮޓް، އެމްޑީއޭއަށް ދޭން ނިންމުމުން، މުއިއްޒު އަދާލަތުން ވަކިވެ، އެމްޑީއޭއާ ގުޅިވަޑައިގެން، މަގާމު ދެއްވާތޯ އާދޭސް ކުރެއްވި ކަމަށް އިމްރާން ވިދާޅުވިއެވެ.
އެމްޑީއޭގެ އޭރުގެ ލީޑަރު، އަދި މިހާރުގެ ރައީީސް އަހްމަދު ސިޔާމް އެކަން ކޮށްދެއްވުމުން، އަނެއްކާވެސް ބޮޑު މަގާމެއް ބޭނުންވެގެން، މުއިއްޒު އެމްޑީއޭ ދޫކުރައްވައި ދެން ގުޅިވަޑައިގަތީ ޕީޕީއެމާ ކަމަށް އިމްރާން ވިދާޅުވިއެވެ.
ނަމަވެސް މިއީ ހަގީގަތެއް ނޫނެވެ. މުއިއްޒު ރައީީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގައި ވެސް ހުންނެވީ އެމްޑީއޭގެ މެމްބަރެއްގެ ގޮތުގައެވެ. ރައީސް ޔާމީނާއިއެކު ސިޔާސީ މަސައްކަތް ކުރުމަށް، މުއިއްޒު ޕީޕީއެމާ ގުޅިވަޑައިގަތީ 2018 ވަނަ އަހަރުގައި އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ނާކާމިޔާބު ލިބިވަޑައިގެންނެވި ފަހުންނެވެ.
ދީނީ އިލްމުވެރިޔާ، އިމްރާން ރޭގެ ޖަލްސާގައި ބޭނުން ކުރެއްވި ބަސްމަގަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ކުރީގެ ނައިބު ރައީީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، އިލްމުވެރިން އެފަދަ ހުތުރު ބަސްތައް ބޭނުން ކުރައްވާނަމަ، އެކަމުގެ ސަބަބުން ނުކުންނާނީ ނުބައި ނަތީޖާއެއް ކަމަށެވެ.

ނިއްކުރީގައި ހިންދޫންގެ ތައްގަޑު
ހައްދު ފަހަނަ އަޅާފައި ހުރި ފާދިރީ އެއް
އިމުރާނަކީއަބަދުވެސް ދޮގުއިންތިހާެަށް ހަދާމީހެއްނު މުއިއްޒު ބަޑައްޖެހިގެން އަދާލަތަެް ޔައުނީ އިމުރާނުކާރިއަޒް ސަލާމްޖަހަންދިޔަނަމަ މުއިއްޒުގެ.ކުރިޔަން.ޑޮކުޓަ މިނަށް އިތުރެއްނުވީހެންނު އެވަރުވެސްނޭގޭ ގަމާރެއްތަ
އިމުރާނަކީއިލްމުވެރި ޔެއްކަން ގަބޫލު ކުރާނިވަކިބަޔަކު އިމްރާނު ކިޔެވީ ދޮގުހެދުމާ ސިޔާސީކަންކަން އިލްމުވެރިން މީހުންނައް ފުރައްސާރަ ނުކުރާނެ ދޮގު މައުލޫމާތު މީހުންނައް ނުދޭނެ އިލްމު ވެރިންނަކީ މީހުންނައް ދީނީކަންކަން އޮޅުންފިލުވާދިނުން
އަނގަ ހައްދު ޖަހަންޖެހޭ. އެހެންނޫނަސް އިމްރާން އަކީ ދީނުގެ ކަންކަން ރަނގަޅަށް އިނގިހުރެ މަކަރާއި، ހީލަތާ ގޮދު ހެދުމަށް އަރާ ހުރި ބޮޑުވެގެންވާ ރަތްލާޖެހި މުނާފިޤެއް.