ރޭގެ ވަގުތެއްގައި ވެރިރަށް މާލޭގައި މާރާމާރީއެއް ހިންގައިފިއެވެ.
މިކަން ހާމަކޮށް ފުލުހުން މިއަދު ބުނީ، ކެނެރީ މަގުގައި މާރާމާރީއެއް ހިންގައިފައިވާކަމުގެ ރިޕޯޓު ލިބުނީ، ރޭ 10:05 ހާއިރު ކަމަށެވެ.
މި މައްސަލައިގެ މާބޮޑު ތަފްސީލެއް ފުލުހުން ދީފައި ނުވާއިރު، ދިވެހި ފިރިހެނަކު ހައްޔަރު ކުރި ކަމަށް ބުނެފައިވެއެވެ.
މާލޭގައި މާރާމާރީ ހިންގުމަކީ އާއްމު ކަމެކެވެ.
