ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް އެމްޑީޕީން ޕާލިމެންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފިއެވެ.
ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ، މަޖިލީހުން ނަޝީދު އިތުބާރު ނެތްކަމަށް ފާސްކުރުމަށް މިއަދު ބޭއްވި އެމްޑީޕީ ޕީޖީގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ތްރީ ލައިން ވިޕް އެއް ނެރެފައި ވާ ކަމަށެވެ.
މީގެ އިތުރުން ގާނޫނު އަސާސީއާއި މަޖްލިސް ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މަސައްކަތެއްް ދެންކުރެވޭނީވެސް ރައްޔިތުންގެ މަޖިލީހީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މަސަލައަށް ގޮތެއް ނިންމުމަށް ފަހު ކަމުގައިވެސް އެމްޑީޕީ ޕީޖީގެ މެމްބަރުން އިއްތިފާގު ވެފައިވާ ކަމަށް ޝިފާއު ވިދާޅުވިއެވެ.
ޝިފާއު އިތުރަށް ވިދާޅުވީ، އަންނަ އާދިއްތަ ދުވަހު މަޖިލީހުގައި ބޭއްވުމަށް އެޖެންޑާ ކޮށްފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ހިނގަމުންދާ ވަގުތުގައި އެމްޑީޕީގެ އާންމު މެންބަރުން މަޖިލީހަށް ހާޒިރުވުމަށް ޕީޖީގެ މެންބަރުން އެދިވަޑައިގެންފައިވާ ކަމަށެވެ.
ޝިފާއު ވަނީ މިގައުމުގެ ޑިމޮކުރަސީގެ ހައްގުގައި ކުރަންޖެހުނު ކޮންމެކަމެއް ކުރުމަށް އެމްޑީޕީގެ ޕީޖީ އިން އިއްތިފާގު ވެފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.
