މި މަހުގެ ހަތްވަނަ ދުވަހު ޔަހޫދީން ފަލަސްތީނުގެ ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި ދެ ލައްކަ ގެ ހަލާކު ކޮށްލައިފިއެވެ.

އިޒްރޭލުން ޣައްޒާއަށް ހަމަލާ ދޭން ފެށީ، ހަމާސް ޖަމާޢަތުން ދިން ”ސަޕްރައިޒް އެޓޭކް“ އަކާއި ގުޅިގެން، ބަދަލުހިފުމުގެ ގޮތުންނެވެ.

އަލްޖަޒީރާ ނޫހުން ބުނީ، އިޒްރޭލްގެ ހަމަލާތައް ފަލަސްޠީނުގެ މީހުން ދިރިއުޅޭ ގެތަކަށް އަމާޒު ކުރަމުން އައިސް، މިހައިތަނަށް ދެ ލައްކަ ގެއަށް ހަމަލާދީ، ގިނަ ގެތައް އެއްކޮށް ނުވަތަ އެއްބައި ސުންނާފަތި ކޮށްފައިވާ ކަމަށެވެ. ސެޓްލައިޓް ފޮޓޯތަކުން ޣައްޒާއަށް ދީފައި ހުރި ގެއްލުންތައް، ބޭރުގެ ބައެއް މީޑިއާތަކުން ދަނީ ހާމަ ކުރަމުންނެވެ.

ގެތައް ސުންނާފަތި ކުރުމުގެ އިތުރުން ޔަހޫދީން ދަނީ ފަލަސްޠީނުގެ އެތައްހާސް ބަޔަކު ޝަހީދުވެސް ކުރަމުންނެވެ. އެގޮތުން މިހައިތަނަށް މަރައިލި 7،000 މީހުންގެ މަޢުލޫމާތު ހިމެނޭ ލިސްޓެއް ފަލަސްޠީނުގެ ހެލްތު މިނިސްޓްރީން ވަނީ މިރޭ އާއްމުކޮށްފައެވެ.

 

ަ