ރިޒްކަލްޓަން ރިސޯޓް ކައިިރީގައި އޮތް ޔޮޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ޔޮޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފަޔާ އެންޑް ރެސްކިއު ސާވިސަށް ލިބުނީ 7:30 ހާއިރު ކަމަށެވެ.

އަދި ޔޮޓުގައި ތިބި ޓޫރިސްޓުންނާއި ކުރޫއިން އެހެން ލޯންޗަކަށް ނަގާފައިވާ ކަމަށާއި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.

އަލިފާން ރޯވި ޔޮޓުގެ ބޮޑުބައި އަނދާފައިވާއިރު، މި ހާދިސާގެ އިތުރު މައުލޫމާތެއް އަދި ނުލިބެއެވެ.