އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ބަންދަށް ބޮޑު ލުޔެއް ދީ، އެމަނިކުފާނު ރަށު ބަންދަށް ބަދަލުކޮށްފިއެވެ.

މި ބަދަލާއެކު ރައީސް ޔާމީނަށް މީހުންނާއި ބައްދަލު ކުރުމާއި ޖަލްސާތަކުގައި ބައިވެރިވެވަޑައިގަތުމުގެ ހުއްދަވެސް ކަރެކްޝަންސްއިން ދޫކޮށްފައިވާކަމަށްވެސް ވަނީ އެނގިފައެވެ.

ރައީސް ޔާމީން ރަށު ބަންދަށް ދޫކޮށްލާފައިވަނީ އެމަނިކުފާނާ ރައީސް އިބްރާހީމް މުހައްމަދު ސާލިހާދެމެދު ކުރެވުނު މަޝްވަރާތަކަށް ފަހުއެވެ. އަދި މި ބަދަލާއެކު އެމަނިކުފާނަށް މާލޭ ސަރަހައްދުގައި (މާލެ، ވިލިމާލެ، ހުޅުމާލެ) ބާއްވާ ޖަލްސާތަކަށް ހާޒިރުވެވި، އަދި މީހުންނާ ބައްދަލުކޮށްވެސް ހެދޭނެއެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، ރައީސް ޔާމިން ގެއަށް ބަދަލު ކޮށްފައިވަނީ މި އޮކްޓޯބަރުމަހުގެ އެއް ވަނަ ދުވަހުއެވެ.