އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން އެމްޕީއެލްގެ ފަރާތުން ފަސް ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

އެމްޕީއެލް އިން މި ފައިސާ ހަދިޔާކޮށްފައިވަނީ ފަލަސްތީނަށް އެހީވާން ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން ހުޅުވި ފަންޑަށެވެ. މި އެހީ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީއެވެ.

މި މަހުގެ 7 އިން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 8،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައެވެ.

އިޒްރޭލާއި ހަމާސް ޖަމާއަތުން ކުރަމުންދާ ހަނގުރާމަ ހުއްޓާލާނެކަމުގެ އިޝާރާތެއް ދެ ފަރާތުން ވެސް ކޮށްފައެއް ނުވެއެވެ. އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ސިފައިންނާއި، ފަލަސްޠީނުގެ މުޖާހިދުންނާއި ދެމެދު ޣައްޒާގެ ހުޅަނގު އުތުރުގައި ދަނީ ކުރިމަތިލުންތައް ހިނގަމުންނެވެ.

ު