ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)އަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، އިންތިޚާބީ ރައީީސް އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޕާޓީގައި އިސްކޮށް އުޅުއްވާ ބޭފުޅުންގެ ކިބައިން ޕީއެންސީގެ މެންބަރުންގެ އަދަދު އެންމެ މަދުވެގެން 10،000 އަށް އިތުރުކޮށް ދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.

ރަށްރަށުން ވެސް ގިނަ ބަޔަކު ޕީއެންސީއާއި ގުޅެމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އަދި މި ހަފުތާގެ ތެރޭގައި މަޖިލިސް މެންބަރަކު ވެސް ވަނީ އެ ޕާޓީއަށް ސޮއިކުރައްވައިފައެވެ.

ޕީއެންސީގެ އޮފިޝަކަލު ބައެއް މީޑިއާތަކަށް ވިދާޅުވީއެ  ޕާޓީ އަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށް ދާނެ ކަމަށެވެ.

އަދި ވީހާ ވެސް އަވަހަކަށް މެންބަރުންގެ އަދަދު 10،000 އަށް އިތުރުކުރަން ހިފާފައިވާ އަމާޒަށް ވާސިލުވެވޭނެކަމުގެ އުއްމީދު ވެސް ބޮޑު ކަމަށް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ލިބެނީ ވެސް 10،000 މެންބަރުން ހަމަވުމުންނެވެ.