ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) ގެ ރައީސް ، ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާއި ބައްދަލު ކުރައްވަން ނިންމަވައިފިއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި، އިދިކޮޅު ލީޑަރު ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ވަރަށް ޚާއްސަ ޖަލްސާއެއް މި މަހުގެ ތިނެއްވާ ހުކުރު ދުވަހުގެރޭ ހިޔާ ސަރަހައްދުގައި އޮންނާނެއެވެ.

ރައީސް ޔާމީންގެ މައްޗަށް ވ.އާރަށު މުއާމަލާތާއި ގުޅުވާ ކޮށްފައިވާ ހުކުމަށް ދިން ލުޔާއެކު އެމަނިކުފާނު ގެންދަަވަނީ ސަޕޯޓަރުންނާއި ބައްދަލުކުރައްވަމުންނެވެ.

އެގޮތުން ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ، ޕީޕީއެމް ވަރުގަދަ ކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފައެވެ.