އަންނަ މަހު ހަތަރު ކައުންސިލެއްގެ ބައި-އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަން އީސީ) އިން ނިންމައިފިއެވެ.
މި އިންތިޚާބުތައް އޮންނާނީ، އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ.
މިގޮތުން އަންނަ މަހުގެ 16 ވަނަ ދުވަހު، ހއ. ކެލާ، އދ. ހަންޏާމީދޫ، ނ. މާފަރު އަދި ތ. ގުރައިދޫ ކައުންސިލްގެ ބައި-އިލެކްޝަން އޮންނާނެއެވެ.
އީސީން ބުނީ އެ ބައި-އިލެކްޝަންތަކުގައި އިންތިހާބު ކުރުމަށް ހަމަޖެހިފައި ވަނީ ކެލާ ކައުންސިލްގެ އަންހެން މެންބަރާއި، އދ. ހަންޏާމީދު އާއި މާފަރުގެ ކައުންސިލް މެންބަރު އަދި ތ. ގުރައިދޫ ކައުންސިލް ރައީސް ކަމަށެވެ.
މި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް މި މަހުގެ 16 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ. މިކަމަށް އެދޭ ފޯމު އީސީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.
