ވިނަރެސް މަޝްރޫއުއިން ފްލެޓް ގަތުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު މި މަހު ފަހެއްގައި ހުޅުވާލުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށް އާބަންކޯ އިން ބުނީ ވިނަރެސް ފްލެޓުތައް ގަތުމަށް ފޯމު ހުށަހެޅުމަށް ހުޅުވާލާފައި ވަނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ކަމަށެވެ.

އަދި ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އާ ދެމެދު ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އާބަންކޯ އިން ވިދާޅުވީ ފޯމު ހުށަހެޅުން ބަންދު ވާނީ ވިއްކަން ކަނޑައަޅާފައިވާ ހުރިހާ ފްލެޓަކަށް ފޯމު ހުށަހަޅާ ނިމުމުން ކަމަށެވެ.

މީގެ އިތުރުން އާބަންކޯ އިން ވަނީ މި ފްލެޓްތަކަށް އެދި ފޯމް ހުށަހެޅުމަށް ހުޅުވާލަން ހަމަޖެހިފައި ވަނީ 5 ނޮވެމްބަރ 2023 ވާ އާދިއްތަ ދުވަހު އެ ކޯޕަރޭޝަން ގެ އޮންލައިން ޕޯރޓަލް މެދުވެރިކޮށް ކަމަށް ބުނެފައެވެ.

ވިނަރެސް މަޝްރޫއިން ފްލެޓް ވިއްކުމަށް މިފަހަރު ހުޅުވާލާ ފުރުސަތުގައި ވިއްކުމަށް ކަނޑައެޅިފައިވާ ފްލެޓް ތަކަކީ 15 ސެޕްޓެމްބަރ 2022 ގެ ނިޔަލަށް ވިއްކި ފްލެޓްތަކަށްފަހު ބާކީ ހުރި ފްލެޓްތަކާއި، 31 އޮކްޓޯބަރ 2023 ގެ ނިޔަލަށް ފްލެޓް ގަތުމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިންމާ ލީ ޤާބިލިއްޔަތުކަން ފުރިހަމަނުވާ ފަރާތްތަކާއި ޔުނިޓް އިހްތިޔާރުކުރުމަށް ދައުވަތު ދިނުމަށްފަހު ޔުނިޓް އިހްތިޔާރު ކުރުމަށް ހާޒިރުވެފައި ނުވާ ފަރާތްތަކުގެ ފޯމް ބާތިލްކޮށް ބާކީ ނުވިކި ހުރި ޔުނިޓްތަކެއް ކަމަށް އާބަންކޯ އިން ހާމަކުރެއެވެ.