މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މާލެ ސަރަހައްދުގައި ތަމްރީންތަކެއް ފަށައިފިއެވެ.
އެމްއެންޑީއެފް އިން މަޢުލޫމާތުދޭ ގޮތުގައި، މި ތަމްރީނުތައް ފަށައިފައި ވަނީ އިއްޔެއެވެ.
މި ތަމްރީންތައް ފަސް ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
އެމްއެންޑީއެފްއިން ބުނީ، ތަމްރީންތައް ކުރިއަށް ގެންދަނީ މާލެ، ހުޅުމާލެ ފޭސް 1، ހުޅުމާލެ ފޭސް 2، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދި މާލެ ކައިރި ކަނޑުގެ ސަރަހައްދުގައި ކަމަށެވެ.
އަދި ހަމައެހެންމެ މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވުމުގެ އިތުރުން ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ބްލޭންކް ވަޒަން ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
