މަސް ހިފަން މޫދަށް އެރި އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހި ނިޔާވެއްޖެއެވެ.
ފުލުހުން މިރޭ ބުނީ ދަގަނޑު ޖަހައިގެން މަސް ހިފަން މޫދަށް ފައިބައިގެން އުޅުނު މީހެއްގެ ގައިގައި ގއ.ގެމަނަފުށި ފަޅަށް ވަންނަން އައި ލޯންޗަކުން ޖެހި އެކްސިޑެންޓެއް ހިނގައިފައިވާ ކަމަށް މިރޭ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ، އުމުރުން 45 އަހަރުގެ ފިރިހެންމީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ ބްލޫ ޑައިމަންޑް، ގއ. ކަނޑުހުޅުދޫ، ޢަލީ ލުތުފީއެވެ.
(ތަފްސީލު އަންނަނީ..)
