އިޒްރޭލުގެ އުފެއްދުންތައް ރާއްޖެ އެތެރެ ކުރާ ވިޔަފާރިތަކާއި ވިޔަފާރިވެރިން ވެސް ބޮއިކޮޓް ކުރަން ޖެހޭ ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ސެނެޓަރު، މުޙައްމަދު ޖަލާލް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއްގައި އޭނާ ވިދާޅުވީ، އިޒްރޭލުގެ ބްރޭންޑްތައް ބޮއިކޮޓު ކުރުމަކުން ނުފުދޭ ކަމަށެވެ. އަދި އެ ބްރޭންޑްތައް ރާއްޖެ އެތެެރެކުރާ ވިޔަފާރިތަކާއި ވިޔަފާރިވެރިންވެސް ބޮއިކޮޓް ކުރަން ޖެހޭ ކަމަށެވެ.
އިޒްރޭލުގެ ބްރޭންޑްތައް ބޮއިކޮޓު ކުރުމަކުން ނުފުދޭ،
އެ ބްރޭންޑްތައް ރާއްޖެ އެތެެރެކުރާ ވިޔަފާރިތަކާއި ވިޔަފާރިވެރިންވެސް ބޮއިކޮޓް ކުރަން ޖެހޭ— Jal'Earl (@EarlJal) November 2, 2023
ފަލަސްޠީނުގެ ޣައްޒާއަށް މިދިޔަ މަހުގެ ހަތްވަނަ ދުވަހު އިޒްރޭލުން ދޭން ފެށި ހަމަލާތަކަށް މަސް ދުވަސްވާން ކައިރިވެފައިވާއިރު، ފަލަސްޠީނުގެ 9،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ޝަހީދުންގެ ތެރޭގައި ގިނައިން ހިމެނެނީ އަންހެނުންނާއި ކުޑަކުދިންނެވެ.
މިދަނޑިވަޅުގައި އިޒްރޭލުގެ އަނިޔާވެރިކަން ހުއްޓައިލަން ގޮވައިލާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރާ މުޒާހަރާތަކުގެ އަޑުތައް ގަދަވެފައިވާ އިރު، ދެން އެންމެ ގަދައަށް އިވެނީ އިޒްރޭލްގެ އުފެއްދުންތަކާއި ވިޔަފާރިތައް ބޮއިކޮޓް ކުރުމުގެ އަޑުތަކެވެ. އިޒްރޭލަށް އެހީވާ ކުންފުނިތަކާއި ދުނިޔޭގެ ވަރުގަދަ ބްރޭންޑްތަކުގެ ލިސްޓެއް ސޯޝަލް މީޑިއާގައި ވެސް އަންނަނީ ދައުރު ކުރަމުންނެވެ.
ރާއްޖޭގައި ވެސް އިޒްރޭލް ބޮއިކޮޓް ކުރަން ގޮވައިލައި، ޕެޓިޝަނެއްގައި އަންނަނީ ސޮއި ކުރަމުންނެވެ.

ޢިޒްރޭލު އެކަނިއެއް ނޫން އެމެރިކާގެ އުފެއްދުންތައްވެސް ބޮއިކޮޓް ކުރަންވީ.