ބަންދެއްގައި ހުރި މީހަކު އަތޮޅުވެއްސަށް ގެންނަނިކޮށް ފިލުމަށް، މޫދަށް ފުންމާލައިފިއެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، އެ ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 4:00ހާއިރުއެވެ.
އޭނާ މިހާރުވަނީ މޫދުން ނަގައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ފުލުހުން ބުނެއެވެ.
އެއީ އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އެމީހާ މޫދަށް ފުންމާލައިގެން ފުލުހުން އޭނާ ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ މަންޒަރާއި އޭނާ ސަލާމަތްކޮށްގެން ހައްޔަރުކުރާ މަންޒަރު ފެންނަ ވީޑިއޯތައް މިހާރުދަނީ ސޯޝަލް މީޑިއާ ގައި ދައުރުވަމުންނެވެ.
