ހދ. ކުޅުދުއްފުށިން ޒުވާނަކު ގެެއްލިގެން ހޯދަން ފަށައިފިއެވެ.
މިކަން ހާމަކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ބުނީ، ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަނީ އެ ސިޓީގެ ލަންދޫގެ އަބްދުﷲ އިބްރާހީމް ކިޔާ މީހެއް ކަމަށެވެ.
އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
އަބްދުﷲ އާ ބެހޭ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ 9904977 އަށް ނުވަތަ ކުޅުދުއްފުށި ސިޓީ ޕޮލިސް 9791382 އަށް ގުޅައި މައުލޫމާތު ހިއްސާކޮށް ދޭން ފުލުހުން އެދިފައިވެއެވެ.
ރާއްޖޭގައި ފަހަކަށް އައިސް މީހުން ގެއްލޭ މައްސަލަ ވަރަށް ބޮޑެވެ.
