އައްޑޫ ސިޓީއަށް މި ސަރުކާރުން ގެނެސްފައި ވަނީ މަދިރިފެންގަނޑުގެ ތަރައްޤީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހުބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން އައްޑޫ ސިޓީ ހިތަދޫގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އައްޑޫ ސިޓީ ތަރައްޤީ ނުވެ، ރާއްޖެ ތަރައްޤީ ނުވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވާއިރު، އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އެ ސިޓީއަށް ގެނެސްފައިވާ ތަރައްޤީ، އެ ސިޓީއަށް ވަޑައިގަތުމުން ފެނިވަޑައިގެންނެވި ކަމަށް ޠާރިޤް ވިދާޅުވިއެވެ.

”ކޮންމެ ގެއަކުން ނުކުންނައިރު، އެ ގެއެއްގެ ދޮރުމަތީގައި މަދިރި ފެންގަނޑެއް އެބައޮތް ހަދާފަ.“ އޭނާ ވިދާޅުވިއެވެ.

 

އޭނާ އިތުރަށް ވިދާޅުވީ ރައީސް ޞާލިޙު 2018 ވަނަ އަހަރުން ފެށިގެން ވެސް ދެއްކެވީ އައްޑޫ ތަރައްޤީ ކުރާ ވާހަކަ ކަމަށާއި، ވެރިކަން ނިމުނުއިރު ވެސް ތަކުރާރު ކުރެއްވީ އެ ތަޤުރީރު ކަމަށެވެ.