ބޭނުންވާ ތަކެތި:

  • 3 ޖޯޑު ރާނބާ ފަތް
  • 2/1 ޖޯޑު ކާށި ކިރު
  • 2 މޭޒުމަތީ ސަމްސާ ފެން
  • 1 ޖޯޑު ފުއް
  • 2/1 2 ސައި ސަމުސާ ބޭކިން ޕައުޑަރ
  • 5 ބިސް
  • 2/1 ޖޯޑު ހަކުރު
  • 2 ބިހުގެ ގޮބޮޅި
  • 2/1 ޖޯޑު ތެޔޮ

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ، 160 ޑިގްރީ އަށް އަވަން ހޫނު ކުރަން ޖައްސާށެވެ. ރާނބާ ފަތް ކޮޅާއި، ކާށި ކިރާއި ފެން، މިކްސްޗަރަށް އަޅާ ރަނގަޅަށް ގިރާލައި، ފުރާނާލާށެވެ. އޭގެ ފަހުގައި، ބިހާއި ހަކުރު އަދި ތެޔޮ އެއްކޮށް ރަނގަޅަށް ގިރާލާށެވެ. ދެން ފުށާއި ބޭކިން ޕައުޑަރ އެއްކޮށްލުމަށް ބިހާއި ހަކުރު ގެ މިކްސް އަށް އަޅަމުންގެންދާށެވެ.

އަދި މީގެ ތެރެއަށް ކުރިން ހެދި ރާނބާ ފަތް ކިރު ކޮޅު ވެސް އެއްކޮށްލައި ރަނގަޅަށް ގިރާލާށެވެ. ޓްރޭ އެއްތައްޔާރުކޮށްލުމަށްފަހު ކޭކް މިކްސް އޭގެ ތެރެއަށް އަޅައި، 25 މިނެޓު ވަންދެން ފިހެލާށެވެ.