ނުރަސްމީ ދަތުރުފުޅެއްގައި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.

އެމަނިކުފާނު ސިންގަޕޫރަށް ފުރާވަޑައިގެންފައިވަނީ މިދޔަ ހަފްތާގެ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އެނގިފައިވާ ގޮތުގައި، މުޢިއްޒުގެ ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފައިވަނީ ރޭގެ ވަގުތެއްގައެވެ.

މިއީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު އިންތިޚާބީ ރައީސް ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި މި އަހަރުގެ ރިޔާސީ އިންތިޚާބު މުޢިއްޒުއާއި އެމަނިކުފާނުގެ ރަނިންމޭޓް ކާމިޔާބު ކުރެއްވީ 126،842 ވޯޓު ހޯއްދަވައިގެންނެވެ. އެއީ ވޯޓުލީ މީހުންގެ 53.9 ޕަސަންޓެވެ.