މި ސަރުކާރުގެ ”ގެދޮރުވެރިޔާ“ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ 4،000 މީހުން ކަނޑައަޅައި، ފްލެޓްތައް ދޫކުރި ގޮތާއި ގުޅިގެން އާންމުން ރުޅިގަދަވެ، ޕްލޭނިން މިނިސްޓްރީގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގައި 20،697 މީހުން ކުރިމަތިލާފައިވީ ނަމަވެސް 13،000 މީހުން ޝަރުތު ހަމަވާ ކަމަށް ސަރުކާރުން ކަނޑައަޅާ އެ އެންމެންނަށްވެސް ފްލެޓް ދޫކުރާނެ ކަމަށް ސަރުކާރުން ވަނީ އިއުލާން ކޮށްފައެވެ.
މާކްސް ދީފައިވާ ގޮތާމެދު ގިނަ އަދަދެއްގެ އާންމު ރައްޔިތުންގެ ޝަކުވާތައް ހުރިއިރު، މާކްސް ދީފައި ވަނީ އެއްވެސް އަދުލުވެރިކަމެއް އަދި އިންސާފުވެރިކަމެއް ނެތި ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ނަމަވެސް މިނިސްޓްރީ ދަށަށް އެއްވެ ތިބި މީހުންނާ ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު، ބައްދަލުކުރައްވާ ވިދާޅުވީ ޕޮއިންޓް ދީފައިވަނީ ފޯމްގައި ފުރިހަމަކޮށްފައި ހުރި މައުލޫމާތުތަކަށް ބެލުމަށްފަހު ކަމަށެވެ.
އިހުތިޖާޖު ކުރާ ބައިވެރިންގެ ވެސް ޝަކުވާއަކަށް ވެފައި ވަނީ ޕޮއިންޓް ދިނުމުގައި ތަފާތު ކުރުން ގެންގުޅިފައިވާ ކަމުގެ ޝަކުވާތަކެވެ.

ނަާަދޭ ރުޅިއެއް