އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ދަޢުވަތު އަރުވައިފިއެވެ.
އިންޑިއާގެ ނޫސްތަކުން ވެސް ވަނީ މިކަން ރިޕޯޓް ކޮށްފައެވެ.
މޯދީގެ އިތުރުން މި ސަރަހައްދުގެ އެހެން ގައުމުތަކުގެ އިސްވެރިންނަށް ވެސް ހުވާކުރާ ރަސްމިއްޔާތަށް ދައުވަތު އެރުވުމަށް ވަނީ ހަމަޖެހިފައެވެ.
މި މަހުގެ 17 ގައި ޖުމްހޫރީ މައިދާނުގައި ބާއްވާ ރަސްމިއްޔާތުގެ ތައްޔާރީތައް މިހާރު އަންނަނީ ކުރަމުންނެވެ.
އެގޮތުން ހުވާކުރުމުގެ ރަސްމިއްޔާތަށް ހޭދަކުރަން ހަމަޖެހިފައި ވަނީ 22.9 މިލިއަން ރުފިޔާއެވެ.
މުޢިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާން ތައްޔާރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާއެވެ.
