ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުޙައްމަދު އިބްރާހިމް ސަސްޕެންޑްކޮށްފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ބުނީ ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާނުކުރާ ކަމާއި, މައްސަލަތަކުގެ ހުކުމާއި, މައްސަލަތަކުގެ ރިޕޯޓު މުވައްޒަފުން ތައްޔާރުކުރަންޖެހޭކަމަށް އަދި ކޯޓަށް ހުށަހެޅޭ މައްސަލަތައް ގިނަދުވަސްވެ އެ މައްސަލަތަކަށް އިސް މެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް އިޙުމާލުވެފައިވާ ކަމަށް ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ.

މީގެއިތުރުން ކޯޓުގެ ވާހަކަތަކާއި ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ވާހަކަ ކޯޓުން ބޭރުގައި މުޙައްމަދު އިބްރާހީމް ދައްކާކަން ވެސް އެ ކޮމިޝަނުގެ ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ.

ޖޭއެސްސީއިިން ބުނީ މުޙައްމަދު އިބްރާހީމްގެ މި އަމަލުތަކަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާ ޚިލާފަށް ކޮށްފައިވާ އަމަލުތަކެއް ކަމަށެވެ.

އެހެންކަމުން މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް މިއަދުން ފެށިގެން 02 ހަފުތާ (14 ދުވަސް) ގެ މުއްދަތަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރަން ނިންމާފައިވާ ކަމަށް ޖޭއެސްސީއިން ބުންޏެވެ.