އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު، ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައި މާލެ ވަޑައިގެންފިއެވެ.
އިންތިހާބީ ރައީސްގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވީ ޔޫއޭއީއަށް ކުރެއްވި އަމިއްލަ ދަތުރުފުޅަށްފަހު މިރޭ މާލެ ވަޑައިގެންފައިވާ ކަމަށެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި ޔޫއޭއީގެ އަބޫދާބީއަށް ވަޑައިގެންނެވިއެވެ.
އަދި އެމަނިކުފާނުގެ ޔޫއޭއީ ދަތުރުފުޅުގައި މެހުމާންދާރީ އަދާ ކުރުމުގެ ގޮތުން ހުރިހާ ޚަރަދެއް ހަމަޖައްސައި ދީފައިވަނީ ވެސް އެ ޤައުމުން ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
މުޢިއްޒު ވަނީ އޮކްޓޫބަރު 30 ވަނަ ދުވަހު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވެސް ވަޑައިގެންފައެވެ.
