ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމުގައި އދ އިން އިސްނަގާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
އޭނާ މިގޮތަށް ވިދާޅުވެފައި ވަނީ އދގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓެރެސް އެކްސްގައި ކުރެއްވި ޕޯސްޓެއް ރިޕޯސްޓް ކުރައްވަމުންނެވެ. އޭނާ ވިދާޅުވެފައި ވަނީ އެއްވެސް ބަޔަކު، ބައިނަލްއަޤްވާމީ ހިއުމެނިޓޭރިއަންގެ ޤާނޫނަށްވުރެ މަތި ނުވާނެ ކަމަށާއި، މެދުއިރުމަތިން މިހާރު ފެންނަމުން ދަނީ ވަރަށް ހިތާމަވެރި މަންޒަރެއް ކަމަށެވެ. އަދި އާއްމުން ރައްކާތެރި ކުރެވެން ޖެހޭ ކަމަށް ވިދާޅުވެ، އާއްމުންނަކީ ހަމަލާގެ އަމާޒަކަށް ވެގެން ނުވާނެ ކަމުގައި ވެސް ވިދާޅުވިއެވެ.
ގުޓެރެސްގެ މި ޕޯސްޓް، އަލުން ހިއްސާ ކުރައްވަވައި ރޮޒައިނާ ވިދާޅުވީ، ފަލަސްޠީނުގެ މައުސޫމް ރައްޔިތުންނަށް އިންސާފު ހޯދައިދިނުމުގައި އދ އިސް ނަގާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި އިޒްރޭލްގެ ދައުލަތުން ހިންގާ ހަނގުރާމައިގެ ޖަރީމާތައް ބަލާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. ރޮޒައިނާ އިތުރަށް ވިދާޅުވީ އދ އިން މި ޤަތުލުއާއްމު ނުބަލައި، ދޫކޮށްނުލާނެ ކަމަށް އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.
ޣައްޒާގެ ރައްޔިތުންނަށް ދޭން ހުރި އެހީގެ ތަކެތި ބަހަން އުޅުނު އުޅަނދުތަކަށް އަމާޒުކޮށް ޔަހޫދީން ހަމަލާ ދިންކަން ދައްކުވައިދޭ ވީޑިއޯ އެއްވެސް ރޮޒައިނާ ވަނީ އެކްސްގައި ހިއްސާ ކުރައްވައިފައެވެ.
I hope the @UN will take the lead in bringing justice to the innocent civilians of Palestine. That you will demand these war crimes by the Israeli regime be brought for trial in the International Court of Justice. That the UN does not let this genocide slide by! @antonioguterres https://t.co/VoRww07SiN
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 (@Roxeyna) November 7, 2023
ފެން ހިފައިގެން މިސްރުން ދަތުރު ކުރި އެ ޓްރަކަށް ހަމަލާ ދިނުމުން ރޮޒައިނާ ވިދާޅުވީ، އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ ލެޔަށް ދަހިވެތިވެފައިވާ ”ޗައިލްޑް ކިލަރ“ އެއް ކަމަށެވެ. އޭނާ ކުރަމުންދާ ކަންތައްތައް އޭނާއާއި އަރާ ހަމަ ކުރާނެ ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.
Netanyahu is simply murdering people! There is NO JUSTIFICATION for what he is doing. He is a blood thirsty murderer! Child killer! This will come back to you one day! No evil goes unchecked! https://t.co/1vSThh9PS7
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 (@Roxeyna) November 7, 2023
ޔަހޫދީން ޣައްޒާއަށް ހަމަލާ ދޭން ފެށީ، މިދިޔަ މަހުގެ 7 ވަނަ ދުވަހުއެވެ. މަސް ދުވަހުގެ ތެރޭގައި، ޣައްޒާގެ 10،000 ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ.
