ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ފަށާފައިވާ ހަނގުރާމަ ހުއްޓާލުމަށާއި ނޫނީ މުޅި ދުނިޔެ އިޒްރޭލާ ދެކޮޅު ވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޒްރޭލުން ހަނގުރާމަ އަދި ފަލަސްތީނު ރައްޔިތުންނާއި ދެކޮޅަށް ހިންގާ ގަތުލްއާއްމު ހުއްޓާލަންޖެހޭ ކަމަށެވެ.

އިޒްރޭލުގެ އަމަލުތަކާ މެދު މުޅި ދުނިޔެ ވެސް ދެކޮޅު ކަމަށާއި އިޒްރޭލުން މިހާރު ހިންގާ ޖަރީމާތައް ނުހުއްޓާ ކުރިއަށްދާނަމަ، މުޅި ދުނިޔެ ވެސް އެ ޤައުމާ ދެކޮޅު ވެދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އިޒްރޭލުން ޣައްޒާއަށް ހަމަލާ ދޭން ފެށީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުއެވެ. މި އުދުވާނީ ހަމަލާތަކުގައި، މިހައިތަނަށް 10،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.