ފަލަސްޠީނުގެ ޣައްޒާއަށް މެދުކެނޑުމެއް ނެތި ބޮން އަޅާތާ މަސް ދުވަސް ފަހުން، ކޮންމެ ދުވަހަކު ހަތަރު ގަޑިއިރު ހަމަލާ ނުދީ މަޑުކޮށްލަން އިޒްރޭލުން އެއްބަސްވެއްޖެއެވެ.
މިކަން ހާމަ ކުރީ އެމެރިކާ އިންނެވެ. ވައިޓް ހައުސް އިން ބުނީ، އިޒްރޭލުން މިގޮތަށް ނިންމައިފައިވަނީ އުތުރު ޣައްޒާގައި އުޅޭ މީހުން، ހަމަލާ ނުދޭ އެހެން ސަރަހައްދުތަކަށް ބަދަލުވާާން ފުރުސަތު ދިނުމަށް ކަމަށެވެ.
ޔަހޫދީން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި 10،000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައިވާއިރު، ޝަހީދުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހި ކުރުވުމަށް، ޣައްޒާއަށް ބޮން އެޅުން ތިން ދުވަހަށް ހުއްޓައިލަން އެމެރިކާއިން އިޒްރޭލަށް ހުށަހެޅި ކަމަށާއި، އެކަމަށް އިޒްރޭލުން ދެކޮޅު ހެދި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ނަތަންޔާހޫ އާއި އޭނާގެ ބައިވެރިން މަރާނެ ބަޔަކު ލެއްވުމައް އެދި ﷲ ދުވާކުރަމެވެ