އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ފިޔަވައި، އިތުރު ބޭފުޅަކަށް ރާއްޖޭގެ މިހާރުގެ ޙާލަތު ބަދަލު ކުރެވިދާނެހެން ހީފުޅުނުވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މުޢިއްޒުގެ ސަރުކާރުގައި ފިޝަރީޒް މިނިސްޓަރުކަން ކުރައްވާނެ ޝިޔާމް މިހެން ވިދާޅުވީ ޓީވީއެމްގެ ”ދިވެހީންގެރާއްޖެ“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ޙާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށް ވިދާޅުވެ، މި ޙާލަތު ބަދަލު ކުރެއްވޭނެ ހަމައެކަނި ބޭފުޅަކީ މުޢިއްޒު ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މި އަހަރުގެ ރިޔާސީ ރޭހުގައި، ރާއްޖޭގެ ވެރިކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، ޝަޚްޞިއްޔަތެއްގެ ގޮތުގައި ރައްޔިތުންނަށް ފެނިގެން ދިޔައީ ޑރ.މުޢިއްޒު އެކަނި ކަމަށް ވެސް، މަޖިލީހުގައި ނައިފަރު ދާއިރާ ތަމްސީލު ކުރައްވަވާ ޝިޔާމް ވިދާޅުވިއެވެ.
”އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ، ރައްޔިތުންގެ އުއްމީދު ހާސިލު ކުރުމަށްޓަކައި، ރައްޔިތުން ޚިޔާރު ކުރެއްވީ ޑރ.މުޢިއްޒު.“ އޭނާ ވިދާޅުވިއެވެ.
މުޢިއްޒުއަށް ތަޢުރީފު ކުރައްވައި ޝިޔާމް ވިދާޅުވީ، އެމަނިކުފާނަކީ ކަންކަމާއި ދޭތެރޭގައި ވަރަށް ދުރަށް ވިސްނަވާ ބޭފުޅެއް ކަމަށެވެ.
”އަޅުގަނޑުމެން ހިސާބު ނުޖަހާ، ނުޖަހާ ހިސާބު، އެމަނިކުފާނު ވިދާޅުވޭ ކަމަކާ ދޭތެރޭގައި މަޝްވަރާ ކޮށްލާއިރުގަ. ދެން އެކަމެއް ކުރެއްވެން އޮންނަ އެންމެ ރަނގަޅަކަށް. ފުރަތަމަ ކަމަކީ އެކަމެއް ކުރެއްވޭނެ ހުރިހައި ގޮތެއް ބައްލަވާނެ. މިސާލަކަށް ބޭނުންފުޅުވަނީ ކަމެއް ހާސިލު ކުރައްވަން. އެކަމެއް ކުރެއްވޭނެ ހުރިހައި މަގެއް ކޮށްޓަވާނެ.“ ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވަނީ، އެއީ އިންތިޚާބީ ރައީސް މުޢިއްޒުގެ އެންމެ ވަރުގަދަ ކޮލިޓީ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން އެމަނިކުފާނަކީ ރައްޔިތުންނަށް މަންފާ ވާނެ ކަމެއްގައި، ބަޔަކު ހިތްހަމަނުޖެހިދާނެތީ، އެކަމެއް ނުކުރައްވައި ދޫކުރައްވާނެ ބޭފުޅެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިންތިޚާބީ ރައީސް މުޢިއްޒު ހުވާ ކުރައްވަވާނީ މި މަހުގެ 17 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައެވެ.

މިއޮއް ހާާދުހު ގޮވީ ޔާމިނޭ ގައިމު�
سبحانالله ޝިރުކުން ފުރިގެންވާ ވާހަކަ ނުދައްކާ.الله تعالا ފިޔަވާ އެހެން ފަރާތެއް ބާރުވެރި އެއް ނުކުރެވޭނެ.ކުފުރުވެ ދީނުން ބޭރުވާއިރު ވެސް ނީނގެ.