އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓްގައި، ހޯމް މިނިސްޓަރަކަށް ވެވަޑައިގަންނަވާނީ، އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން ޢަލީ އިހުސާން ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

އިހުސާން އަކީ ރާއްޖޭގެ މަޝްހޫރު ކުންފުނި، ހެޕީ މާކެޓްގެ މެނޭޖިން ޑިރެކްޓަރެވެ.

މުޢިއްޒުގެ ސަރުކާރުގެ މިނިސްޓަރެއްގެ މަޤާމަށް އިހުސާން ވަޑައިގަންނަވާ އިރު، އިހުސާންގެ ބައްޕަ، ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ދީދީ(އައިބީ) މިހާރު ގެންދަވަނީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގައި ވެސް ވާދަކުރައްވަން ކެމްޕޭން ކުރައްވަމުންނެވެ.

ޕީޕީއެމް/ޕީއެންސީގެ ފަރާތުން އޭނަ ވާދަކުރައްވަން ނިންމަވާފައި ވަނީ ފޭދޫ ދެކުނު ދާއިރާއަށެވެ.

މި މަހުގެ 17 ގައި ރައީސްކަމުގެ ހުވާކުރައްވާ ޑރ. މުއިއްޒުގައިު ކެބިނެޓްގައި މުޅިން ވެސް ހިމެނޭނީ ތައުލީމީ، ގާބިލު ބޭފުޅުން ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.