އެމަނިކުފާނު ސަރުކާރެއް އެކުލަވައިލައްވަނީ އަރާމުގައި ނިދާކަށް ނޫން ކަމަށް އިންތިޚާބީ ރައީީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ ”ދިވެހީންގެރާއްޖެ“ ޝޯގައި ކުރިއަށް އޮތް ފަސް އަހަރަށް ދިވެހީން އިންތިޚާބު ކުރި ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރެއް އެކުލަވައިލަނީ ރެއާއި ދުވާލު ބުރަކޮށް މަސައްކަތް ކުރަން ކަމަށެވެ.

”އެހެންވީމަ، ރައްޔިތުންނަށް އެ ފުރިހަމަ ޔަޤީންކަން އޮންނާނެ އަޅުގަނޑާއި ދޭތެރޭގަ، އަޅުގަނޑު މި ޓީމެއް އެކުލަވައިލަނީ، ކުންފުނިތަކުގެ ވެރިންނާއި އެކީގައި، މި އެކުލަވާލާ ޓީމު، ހަމަ އެ ރިޒަލް އޮރިއެންޓެޑް، ސީދާ ނަތީޖާ ނެރެން. އެ ނޫން އެއްވެސް ކަމަކަށް ވިސްނާކަށް ނޫން.“ މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު އިތުރަށް ވިދާޅުވީ އިޤްތިޞާދު ކޮޅަށް ޖެހުމަށް ކުރަންވީ ކަންކަން ރިޔާސީ ކެމްޕެއިނުގައި ބަޔާން ކޮށްދެއްވައިފައިވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރު ބަދަލުވުމުގެ މި މަރުޙަލާގެ ތެރޭގައި ވެސް، ބަޖެޓުގެ ތާށިކަން ކުޑަ ކުރުމަށް މަސައްކަތްތައް ފަށައިފައިވާ ކަމަށެވެ.

”ބަޖެޓު ސަޕޯޓް ހޯދަންޖެހޭކަން ވެސް އެމްއެމްއޭއިން ވެސް އެބަ ވިދާޅުވޭ. ފިނޭންސް މިނިސްޓަރ ވެސް އެބަ ވިދާޅުވޭ. އެހެންވީމަ އެކަމަށް ވެސް، މަސައްކަތް ފަށައިފިން.“ އެމަނިކުފާނު ވިދާޅުވިއެވެ.

މުޢިއްޒުގެ ވާހަކަފުޅުގެ ގެދޮރުވެރިކުރުވުމުގެ މަޝްރޫޢުގެ ތެރެއިން ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ކުރަންޖެހޭ އެންމެ ފުރަތަމަ މަސައްކަތްތައް މި މަހުގައި ފައްޓަވާނެ ކަމަށެވެ.