ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން މުޙައްމަދު ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ޤަރާރު މިއަދު ހެނދުނު ބޭއްވި ޖަލްސާގެ ރިޔާސަތުން ބޭރުކޮށްލާފައިވާ ކަމަށް ވިދާޅުވެ، މައްސަލަ ކުރިއަށް ނުގެން ގޮސް މިއަދުގެ ދެވަނަ ޖަލްސާ ވެސް ނިންމަވައިލައްވައިފިއެވެ.
މިއަދު ފުރަތަމަ ބޭއްވި ޖަލްސާއަށް ނައިބު ރައީސާ އީވާ ހާޒިރުވެވަޑައިގަނެފައި ނުވެއެވެ. އޭނާ ހުންނެވީ ސަލާމުގައެވެ. އެހެންވެސް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.
ޖަލްސާ ފަށައި އެޖެންޑާ އިއްވުމާ އެކު ނިޒާމާ ބެހޭ ނުކުތާއެއް ނަންގަވައި، ޤަރާރު ޤަވައިދާ ޚިލާފު ކަމަށް ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމެވެ.
އޭގެ ފަހުން މަޖިލިސް ހޫނުވެ، ޖަލްސާ ނިންމައިލީއެވެ.
އެއަށްފަހު 11:30 އަށް ތާވަލުކުރި ޖަލްސާގެ ރިޔާސަތުގައި އިންނެވީ އީވާ އެވެ. އެ ޖަލްސާ ފެށުނުތާ ކުޑަ ވަގުތުކޮޅެއް ތެރޭ އެއީ ހެނދުނުގެ ޖަލްސާގައި ބޭރުކޮށްފައިވާ ޤަރާރެއް ކަމަށް ވިދާޅުވެ، އެ ޖަލްސާ އީވާ ނިންމަވާލެއްވިއެވެ.
އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ 49 މެމްބަރުންގެ ސޮޔާއިއެކުގައެވެ.

ލަދުހަޔާތުގެ ކަންފުޅެއްވެސް މިބައިގަނޑުގެ ގަދަ ބާރުން ޥެރިކަމުގަ ހުންނަން މިތެޅި ބާލަނީ ތިޔަހެން ތެޅުނު ވަރަކަށް ރައްޔިރުންގެ އިތުބާރު ގެއްލިގެން ދާނީ