ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުކަމުން ޢަބްދުލްމާނިއު ހުސައިން އިސްތިއުފާ މިއަދު ދެއްވައިފިއެވެ.

އޭނާ އަކީ ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކުރި ޤާނޫނީ ވަކީލުގެ ގޮތުގައި ޖޭއެސްސީގައި އިންނަވާ މެންބަރެވެ.

މާނިއު ޖޭއެސްސީން އިސްތިއުފާ ދެއްވި ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް ހާމައެއްނުކުރައްވައެވެ.

ހުސްވެފައިވާ ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އޭނާ އައްޔަނު ކުރަން އުޅޭކަމުގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ.