ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ އެކައުންޓް ތަޅުލެވިފައި ނުވަތަ ”ލޮކް“ ކަމަށް ބުނެ ސްކޭމް މެސެޖުތަކެއް ފޮނުވާމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހާމަކޮށްފިއެވެ.

ފުލުހުން ބުނީއެކައުންޓް ލޮކް ވެފައިވާ ކަމަށް ބުނެ ލިންކަކާއި އެކު މެސެޖެއް ފޮނުވަމުންދާ ކަމަށާއި، މިކަމަށް ސަމާލުވެ، ފޮނުވާ ލިންކަށް ނުވަނުމަށް އެދޭ ކަމަށެވެ.

ބީއެމްއެލްހެ ނަމުގައި ފޮނުވާ މެސެޖުގައި ހިމެނޭ ލިންކަކީ ބޭންކުގެ އިންޓަނެޓް ބޭންކިންގް ލިންކާއި ވައްތަރުކޮށް ހަދައިފައިވާ ލިންކެކެވެ.

ނަމަވެސް އެ ލިންކުން މަކަރާއި ހީލަތުން މަޢުލޫމާތު ނެގޭނެއެވެ. އެއަށް ވަދެ، ލިޔާ މަޢުލޫމާތުން އެމީހެއްގެ ޒާތީ މަޢުލޫމާތު، ލިންކް ފޮނުވާ ފަރާތަށް ލިބޭނެއެވެ.

ފަހަކަށް އައިސް އެކި ނަންނަމުގައި އެކި ގޮތްގޮތަށް ގޮތްނޭންގޭ އެތަކެއް ލިންކުތަކެއް މެސެޖުތަކެއް ގޮތުގައި ދަނީ ފޮނުވަމުންނެވެ. މިފަދަ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުވާން ފުލުހުން އަބަދުވެސް އިލްތިމާސް ކުރެއެވެ.