އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅޭ މައްސަލައިގައި ޖަލު ޙުކުމް އިއްވާފައިވާ ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް މިއަދު ހައިކޯޓުގައި ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފިއެވެ.
މި އަޑުއެހުން އޮންނާނީ، މެންދުރު ފަހު، 2:00ގައެވެ.
މި މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި މިފަހުން ބޭއްވޭތޯވެސް މަސައްކަތް ކޮށްފައިވެއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެގުމާއި މަނީލޯންޑަރިިން ކުށް ސާބިތުވާ ކަމަށް ނިންމައި، 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާ ކާމިޔާބު ކުރެއްވުމާ ގުޅިގެން ރައީސް ޔާމިން މިހާރު ހުންނެވީ ”ރަށު ބަންދަށް“ ބަދަލުކޮށްފައެވެ. އެއީ ކަސްރަތު ކުރެއްވުން ފަދަ ކަންކަމަށް އެމަނިކުފާނަށް ދެއްވި ލުޔެއް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެއެވެ.
