އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ކުށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރެއްވި އަޙުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު ޒިޔަތަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މަޢާފު ދެއްވައިފިއެވެ.

ރައީސް ޞާލިޙު މި ދެބޭފުޅުންނަށް މަޢާފު ދެއްވާފައިވާއިރު، އެމަނިކުފާނުގެ ވެރިކަން ނިމެން އޮތީ ތިން ދުވައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އަދި މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ. މި މައްސަލައިގައި ޒިޔަތުގެ މައްޗަށް ވަނީ 30 އަހަރަށް ވުރެއް ދިގު މުއްދަތަކަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައެވެ.

އަދީބު އަދި ޒިޔަތަށް މާފު ދެއްވާ މިނިވަން ކޮށްފައިވާއިރު މި މައްސަލައިގައި ކުރީގެ ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ޙުކުމެއް  ތަންފީޒު ކުރައްވަމުންނެވެ.

އެ ޙުކުމްގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް މިއަދު ހައިކޯޓުގައި ކުރިއަށް ދިޔައެވެ. ރައީސް ޔާމީންގެ ބަންދަށް ވެސް މިހާރު ވަނީ ލުއި ދީފައެވެ.