ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މަޢާފު ދެއްވުމުން، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އޭނާގެ ޕާޓީ އެމްޓީޑީގެ އޮފީހަށް ޒިޔާރާތް ކުރައްވައިފިއެވެ.

ރައީސް ދެއްވި ކުއްލި މަޢާފަކާއިއެކު، އަދީބު އިއްޔެ މިނިވަންވެ ވަޑައިގެންފައިވާއިރު، އެމްޓީޑީގެ އޮފީހަށް ވަޑައިގެން، ނެގި ފޮޓޯތަކަކާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަދީބު ވިދާޅުވީ ފިކުރަކީ ޖަލަށް ލެވޭނެ އަދި މަރާލެވޭނެ އެއްޗެެއް ނޫން ކަމަށް ކަމަށެވެ.

ފިކުރަކީ ބޮޑުވެ ފުޅާވެ ފެތުރޭނެ އެއްޗެއް ކަމަށެވެ. އަދި އެންމެ އަނދިރި ކުޑަ ގޮޅިން ފެށިގެން މުޅި ގައުމުގެ އެކި ކަންކޮޅަށް ފިކުރު ފެތުރޭނެ ކަމަށްވެސް އަދީބު ވިދާޅުވިއެވެ.

އަދީބުގެ އިތުރުން އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތަށް ވެސް ރައީސް ޞާލިޙު ވަނީ މަޢާފު ދެއްވައިފައެވެ.