އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރާ ކޮމެޓީގެ މުޤައްރިރާއި ނާއިބު މުޤައްރިރު އިންތިޚާބު ކުރައްވައިފިއެވެ.

އިއްޔެ ބޭއްވި ރައްޔިތުން މަޖިލީހުގެ ބަޖެޓު ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ބަޖެޓު ދިރާސާ ކޮމެޓީގެ މުޤައްރިރާއި ނާއިބު މުޤައްރިރު އިންތިޚާބު ކުރުން ވަނީ ބާއްވައިފައެވެ.
މަޖިލީހުގެ އިޤްތިޞާދީ އަދި މާލިއްޔަތު ކޮމެޓީ އެއްކޮށްލައިގެން ކުރިޔަށް ގެންދާ ބަޖެޓު ކޮމެޓީގެ މުޤައްރިރަކަށް މާލިއްޔަތު ކޮމެޓީގެ މުޤައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު އަދި ނާއިބު މުޤައްރިރަކަށް އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުސައިން (ބިގޭ) ވަނީ އިންތިޚާބު ކުރައްވައިފައެވެ.

ބަޖެޓު ކޮމެޓީ އަށް ޖުމްލަ ދެ ބަޖެޓެއް ވަނީ ހުށަހަޅާފައެވެ. އެއީ ސަޕްލިމަންޓްރީ ބަޖެޓާއި 2024ވަނަ އަހަރުގެ ބަޖެޓެވެ.

އަންނަ އަހަރަށް ލަފާކޮށް 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.