މިއަދު ފެށިގެން ދާ އައު ރިޔާސީ ދައުރަކީ ދިވެހި އުއްމަތަށް ހުރިހައި ގޮތަކުން ވެސް ތަރައްޤީ ގެނެސްދޭނެ ދައުރަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ނާއިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އާއްމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވަނީ ޑރ. މުޙައްމަދު މުޢިއްޒު އާއި ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަޠީފާއި އައު ސަރުކާރަށް ފުރިހަމަ ކާމިޔާބީ އަށް އެދިވަޑައިގެންފައެވެ.

ރައީސް މުޢިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި މިހާރު ފެށިގެން ކުރިއަށް އެބަދެއެވެ. މި ރަސްމިއްޔާތުގައި ބޭރުގެ އެކި ޤައުމުތަކުގެ އިއްޒަތްތެރީންނާއި ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.