ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމުގެ ހުވައި ކުރެއްވުމުގެ މުނާސަބަތުގައި ވެރިރަށް މާލޭގައި މިރޭ ހަވާ އަރުވަން ހަމަޖެހިފައިވާ ގަޑި 21:30 އަށް ބަދަލު ކޮށްފިއެވެ.
ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފުން ވިދާޅުވީ ރައީސް ޑރ. މުޙއްމަދު މުޢިއްޒު ހުވައި ކުރުމުގެ ރަސްމިއްޔާތާއި ގުޅިގެން މީރޭ ހަވާ އަރުވަން ހަމަޖެހިފައިވާ ކަމަށާއި، ހަވާ އެރުވުން 21:30 އަށް ބަދަލުވެފައިވާކަމަށެވެ.
ހަވާ އެރުވުން އޮންނާނީ އިއްޒުއްދީން ފާލަމާ ދިމާލުން ކަނޑުގެ ސަރަހައްދުގައެވެ.
ރައީސް މުޢިއްޒު އާއި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފު ހުވައި ކުރެއްވީ، މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައެވެ.
