އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ދިފާޢީ ވަޒީރަކަށް ޕީޕީއެމްގެ ނައިބު ރައީީސް ޣައްސާން މައުމޫން އައްޔަނު ކުރައްވައިފިއެވެ.
ޣައްސާން ވަނީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ބަޔޮމެޑިކަލް ސައިންސްގެ ދާއިރާ އިންނާއި މޮލެކިއުލަރ ބަޔޮލޮޖީގެ ދާއިރާ އިން މަތީ ތަޢުލީމު ހާސިލު ކުރައްވައިފައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ޣައްސާން ވަނީ ރައީސް އޮފީހުގެ ޕޮލިސީ އިމްޕްލިމޭޝަން ޑިމާޓްމަންޓް ހިންގަވައިފައެވެ. އަދި ރައީސް އޮފީހާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވިއެވެ.
ދިފާޢީ ވަޒީރަކަށް އައްޔަނު ކުރައްވާތީ، ޣައްސާން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ތ.ގުރައިދޫ ދާއިރާގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފައެވެ. ޣައްސާންގެ އިތުރުން ހަތަރު މެމްބަރަކު، އިސްތިއުފާ ދެއްވިއެވެ.
