ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް މިރޭ މެންބަރުން ޢައްޔަނު ކުރައްވައިފިއެވެ.
ވަޒީރުންގެ މަޖިލީހުގެ މެންބަރުން، މެންބަރު ކަމުގެ ޤާނޫނީ ހުވައި ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ، މިރޭ 19:45ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހުވައި ކުރެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނުގެ ކުރިފުޅުމަތީގައެވެ. ހުވައި ކުރެއްވުމަށްފަހު، އެބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.
ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް ޢައްޔަނު ކުރެއްވި މެންބަރުންނާއި، އެބޭފުޅުން ޢައްޔަނު ކުރެއްވި މަޤާމުތަކަކީ:
- މިނިސްޓަރ އޮފް ޑިފެންސް ކަމުގެ މަގާމަށް މުޙައްމަދު ޣައްސާން މައުމޫން.
- މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ކަމުގެ މަގާމަށް މޫސާ ޒަމީރު.
- މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ކަމުގެ މަގާމަށް ޢަލީ އިޙްސާން.
- މިނިސްޓަރ އޮފް ފިނޭންސް، ކަމުގެ މަޤާމަށް ޑޮކްޓަރ މުޙައްމަދު ޝަފީޤް.
- މިނިސްޓަރ އޮފް އެޑިޔުކޭޝަން، ކަމުގެ މަޤާމަށް ޑޮކްޓަރ އިސްމާޢީލް ޝަފީޢު.
- މިނިސްޓަރ އޮފް ހެލްތް، ކަމުގެ މަގާމަށް ޑޮކްޓަރ ޚަލީލް.
- މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، ކަމުގެ މަގާމަށް މުޙައްމަދު ސަޢީދު.
- މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، ކަމުގެ މަޤާމަށް އަޙްމަދު ޝިޔާމް.
- އެޓަރނީ ޖެނެރަލް، ކަމުގެ މަޤާމަށް އަޙްމަދު އުޝާމް.
- މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ކަމުގެ މަޤާމަށް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު.
- މިނިސްޓަރ އޮފް ޓޫރިޒަމް، ކަމުގެ މަޤާމަށް އަލްފާޟިލް އިބްރާހީމް ފައިޞަލް.
- މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ކަމުގެ މަޤާމަށް ޑޮކްޓަރ ޢާއިޝަތު ޝިހާމް.
- މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ކަމުގެ މަޤާމަށް ޢަބްދުالله ރާފިޢު.
- މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނަރޖީ، ކަމުގެ މަޤާމަށް ޠާރިޤު އިބްރާހީމް.
- މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް، ކަމުގެ މަޤާމަށް ޑޮކްޓަރ ޢަލީ ހައިދަރު އަޙްމަދު.
- މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، ކަމުގެ މަޤާމަށް މުޙައްމަދު އަމީން.
- މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް، ކަމުގެ މަޤާމަށް އާދަމް ނަޞީރު އިބްރާހީމް.
- މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ކަމުގެ މަޤާމަށް ޑޮކްޓަރ މަރްޔަމް މާރިޔާ.
- މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ކަމުގެ މަޤާމަށް ޑޮކްޓަރ ޢަބްދުالله މުއްޠަލިބް.
- މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، ކަމުގެ މަޤާމަށް ޑޮކްޓަރ ޢާއިޝަތު ރަމީލާ.
- މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، ކަމުގެ މަގާމަށް އިބްރާހީމް ވަޙީދު.
- މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، ކަމުގެ މަޤާމަށް އާދަމް ޝަރީފް.
ރައީސް މުޢިއްޒު ވަނީ ވުޒާރާތައް ގިނަ ވިޔަސް، އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސީ މަޤާމުތައް 700އަށްވުރެ ގިނަ ނުވާނެ ކަމަށް ވިދާޅުވެފައެވެ.
