މިސްކިތްތަކާއި ބެހޭ ޤައުމީ މަޖިލިސް އަލުން އެކުލަވައިލައްވަން ނިންމަވައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި މިސްކިތްތަކަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވަން ވައުދުވެފައިވުމާއެކު މިސްކިތްތަކާބެހޭ ގައުމީ މަޖިލިސް އަލުން އެކުލަވައިލަން މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.
“އެއީ މިސްތަކާއި އިމާމުންގެ ކަންކަމުގައި އިސްތިޝާރީ ލަފާދޭ މަޖިލީހެއް. ރާއްޖޭގައި ހާހެއްހާ މިސްކިތްހުރޭ.“ މިނިސްޓަރު ވިދާޅުވިއެވެ.
މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރުގެ މަގާމު ޑރ.ޝަހީމާ ހަވާލުކުރެއްވުމާއެކު ކަންކަން ހަލުވި މިނުގައި ކުރިއަށް ގެންދަވަން ވަނީ ފަށްޓަވައިފައެވެ.
އެގޮތުން ރައީސްގެ އިރުޝާދުގެ ދަށުން ތިނަދޫ އިސްލާމިކް ސެންޓަރ އިސްލާމިކް ޔުނިވަރސިޓީއާ ހަވާލުކޮށްފައެވެ.
