އ.އ އުކުޅަހުގައި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ތައްޔާރު ވެއްޖެއެވެ.

މި ޖަލްސާގައި ބައިވެރިވާ އެމްޑީޕީގެ ގިނަ އިސް އޮފިޝަލުން އެ ރަށަށް މިހާރު ވަނީ ދަތުރުކޮށްފައެވެ. މި ޖަލްސާގައި ކުރީގެ ރައީސް، އިބްރާހީމް މުޙައްމަދު ޞާލިޙު ބައިވެރިވެވަޑައިނުގަންނަވައެވެ.

އުކުޅަހަށް ދަތުރުކުރެއްވި މެންބަރުންގެ ތެރޭގައި ނިމިދިޔަ ސަރުކާރުގެ ވަޒީރުންނާއި މަޖިލިސް މެންބަރުން ވެސް ހިމެނެއެވެ.

މިއީ އެމްޑީޕީގެ ކުރިއަށް އޮތް ހަރަކާތްތައް ރޭވުމަށް ބާއްވާ ޖަަލްސާއެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އެމްޑީޕީ ޤައުމީ މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބޭއްވީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ.

އެ ޖަލްސާގައި މަޝްވަރާކުރީ ރާއްޖޭގެ ވެރިކަންކުރާ ނިޒާމު ބަދަލުކުރުމަށް އެ ޕާޓީގެ ކުރީގެ ރައީސްގެ އާ ޕާޓީ، ދަ ޑިމޮކްރެޓްސް އިން ހުށަހެޅި ހުށަހެޅުމަށެވެ.