ގެއްލިގެން ހޯދަމުންދިޔަ އާއިޝަތު ވިސާމާ ފެނިފައިވާކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފިއެވެ.

އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާތީ ސ. ހިތަދޫ، ކަދުރުމާގޭ، އުމުރުން 39 އަހަރުގެ އާއިޝަތު ވިސާމާ ހޯދައިދިނުމަށް އެދި އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

އެހެންވެ އޭނާ ހޯދަމުންދާކަން އިއުލާނުކަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދުނެވެ.

އޭނާ ފެނިފައިވަނީ ރޭ 22:30 ހާއިރު މާލެއިން ކަމަށާއި ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.