ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) ހިންގާ އޮފީސް އިމާރާތް ހުސްކުރަން އެ އިމާރާތުގެ ވެރި ފަރާތުން އަންގައިފިއެވެ.

ޕީޕީއެމްގެ އޮފީހަކީ ހ.ހުރަފާ އެވެ.

އެ އިމާރާތް ހުސްކުރަން އަންގައި އެ ޕާޓީއަށް ނޯޓިސް ފޮނުވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

މި ހަފްތާގެ ތެރޭގައި ޕީއެންސީން ވަނީ ވަކި އޮފީހެއް ކާނިވަލު ސަރަހައްދު (ދޮންމަނިކު ވިއު ތިރީގައި) ހުޅުވާފައެވެ.

ޕީޕީއެމް އިން ރައީސް ޔާމީން އިސްތިއުފާދެއްވާ އަލުން ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފައިވާއިރު، ޕާޓީގެ ނަމާއި، ލޯގޯ އާއި ކުލަ މިހާރު ވަނީ ފައިނަލް ކޮށްފައެވެ.

ޕީޕީއެމް އޮފީސް ހިންގާ އިމާރާތް ކުއްޔަށްދީފައިވަނީ ރައީސް ޔާމީނަށް، އެމަނިކުފާނުގެ އެދިލެއްވުމަށެވެ.