ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށްޓަކައި އިއްޔެއާއި މިއަދު ވެސް ބަންދުގައި ހުންނެވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު(އަސްވާޑް) ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވީ، ޕީޕީއެމްގެ ރައީސްގެ މަޤާމުގައި ހުންނެވި ރައީސް ޔާމީން އެ ޕާޓީ ދޫކުރައްވައި، މުޅިން އައު ސިޔާސީ ޕާޓީއެއް ވުޖޫދަށް ގެނައުމުގެ މަސައްކަތް ފައްޓަވައިފައިވާ ދަނޑިވަޅެއްގައެވެ.

މިނިސްޓަރު އަސްވާޑް ވިދާޅުވީ ރައީީސް ޔާމީނާއި، ދިވެހި އެންމެހައި ރައްޔިތުން، އަމާން ރާއްޖެއަކަށް ގެންގޮސްދެއްވާނީ ރައީސް މުޢިއްޒު ކަމަށެވެ.

”އަޅުގަނޑުމެން އެންމެން މި ކުރާ މަސައްކަތުގައި ބަރަކާތް ލައްވާށި.“

މި މަހުގެ 17 ވަނަ ދުވަހު، ރާއްޖޭގެ ރައީސްކަމުގެ ހުވައި ކުރެއްވި ރައީސް މުޢިއްޒުއާއިއެކު ސާބިތުވެ ހުންނެވި ކަމަށް ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ދަނީ ހާމަކުރައްވަމުންނެވެ.

ރައީސް ޔާމީން ޕީޕީއެމާއި ފެއަށް ޖެހިވަޑައިގެންފައި މިވަނީ، ރައީސް މުޢިއްޒުގެ ސަރުކާރަށް ހަފްތާއެއް ވެސް ނުވަނީހެވެ. އެމަނިކުފާނުގެ މި ނިންމެވުމާއިއެކު، ޕީޕީއެމް/‏‏ޕީއެންސީގެ އާއްމު މެމްބަރުންގެ ހިތްތަކުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ.