ދިވެހިރާއްޖޭގެ ހަމަޖެހުމާއި އިޤްތިސާދީ ފުދުންތެރިކަން ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއެކީ ކުރިޔަށް ދިޔުން މުހިންމު ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުޢިއްޒުގެ ސަރުކާރަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ.
އަދި ރާއްޖޭގެ ހަމަޖެހުމާއި އިޤްތިސާދީ ކުރިއެރުމަށްޓަކައި އެމަނިކުފާނާއި އެކުގައި ކުރިޔަށް ދިޔުން މުހިންމު ކަމަށެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުން ގައުމުގެ ޒުވާނުންގެ ދައުރު ވަރަށްވެސް ބޮޑުކަން ފާހަގަކުރައްވައި، މި ސަރުކާރު ދެމެހެއްޓުމަށްވެސް ޒުވާނުންގެ ޒިންމާ އަދާކުރާނެކަން ކަށަވަރުވާ ކަމަށް ވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.
ފައިސަލްގެ އިތުރުން ރައީސް މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި، ޕީޕީއެމް/ޕީއެންސީގެ އިސް ފަރާތްތަކުން ގެންދަވަނީ ރައީސް މުޢިއްޒު އާއެކު ތިއްބެވިކަން ހާމަކުރައްވަމުންނެވެ.
މިކަން ހާމަ ކުރައްވަން ފައްޓަވައިފައި ވަނީ، ޕީޕީއެމްގެ ރައީީސް، ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އެ ޕާޓީން ވަކިވެވަޑައިގަތުމުންނެވެ. އެމަނިކުފާނު މިހާރު ގެންދަވަނީ އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ދެންކަލޭޭ ބަފަޔަށް ރާއޖޭގެ ފަޅުރަށްތައް ރިސޯޓްހަދަން ކުއްޔަދީ ހުސްކުރާތަން އެބަފެނޭޔޯލަ